ދައުލުަތުން ވަކި ވަކި ރައްޔިތުންނަށް ވަކި ވަކި އިނާުުޔަތްތައް ދިނުމަކީ މުޅި ދުނިޔޭގަވެސް ގައުމުތަކުގަ ގެންގުޅޭ އުސޫލެކެވެ. އެކަމަކު އިގްތިސޯދީ އިލްމުވެރިން ބުރަވެލައްވަނީ އެންމެ ރަނގަޅު ގޮތަކީ އަސާސީ އުޖޫރައެއް ދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ވަކި ވަކި އިނާޔަތްތައް މިސާލަކަށް އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް، އެކަނި ވެރި މައިންގެ އިނާޔަތް މިގޮތަށް ދޭ އިނާޔަތް ސިފަކުރެވެނީ އެއްޗެއް ހަލާކު ވުމުން އޭގަ ޕެޗް އެޅުން ފަދަ ކަމެއްގެ ގޮތުގައެވެ. އޭގެ ބަދަލުގަ މުޅި އިގްތިސޯދުގަ ހިމެނޭ ހުރިހާ ބައިވެރިން ކަމަށްވާ ރައްޔިތުންނަށް އެއްކޮށް އިނާޔަތް ދިނުމުން މިގޮތަށް ޕެޗް އެޅުމަށް ވުރެ ހިންގުމުގެ ޙަރަދު ކުޑަވެފަ މާ ފައިދާ ބޮޑުވާނެއެވެ. އެއީ އެއްޗެއް ހަލަކުވުމުން އޭގަ ޕެޗް އެޅުމަށްވުރެ ހަލާކުވުމުގެ ކުރިން ފަރުވާ ލިބި ލިބި ހުރުމުން ހަލާކު ވުމުގެ ފުރުސަތުވެސް ކުޑަވާނެއެވެ.